އިންތިޚާބުގެ އިތުރު ބުރު އޮބްޒާވްކޮށް މޮނިޓަރކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިންތިޚާބުގެ އިތުރު ބުރު އޮބްޒާވްކޮށް މޮނިޓަރކުރުމުގެ ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
13 އޭޕްރިލް 2026 10:31
0

މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރު އޮބްޒާވްކޮށް މޮނިޓަރކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ވޯޓުލުމާއި ގުނުމުގެ ކަންކަން ގާތުން ބެލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މިކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާރުވެސް ފާސް ދޫކޮށްފައިވާ ފަރާތްތަކުން، މި އިތުރު ބުރަށް އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ކުރިން ފާސް ނަގާފައިވާ ފަރާތްތަކަށް މި ބުރުގައިވެސް އެ ފާހާއެކު ހަރަކާތްތެރިވެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.