ވޯޓު އެއްވަރުވެގެން ކެލާ އާއި ނޭކުރެންދޫ ހިމެނޭހެން 5 ރަށެއްގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަނީ

ވޯޓު އެއްވަރުވެގެން ކެލާ އާއި ނޭކުރެންދޫ ހިމެނޭހެން 5 ރަށެއްގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަނީ

Author
ޙަސަން މުޙައްމަދު
12 އޭޕްރިލް 2026 11:49
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު އެއްވަރުވެގެން އަލުން ވޯޓުލާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނެއެވެ. ކެލާގެ ޑަބްލިއުޑީސީ ރައީސްކަމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޙައްވާ ފަޒުނާއަށްވެސް 587 ވޯޓު ލިބިފައިވާއިރު، ނޭކުރެންދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ވާދަކުރި ޕީއެންސީގެ ފާޠިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓް ފާޠިމަތު ނިޝާދާ ވަނީ 300 ވޯޓުން އެއްވަރުވެފައެވެ.

މި ދެ ރަށުގެ އިތުރުން ދެވަނަ ބުރުގެ ވޯޓުލުން ދެން ކުރިއަށްދާނީ ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑީގެ އިތުރުން ލ. މާވަށް ޑަބްލިޔުޑީސީ މެންބަރު ހޮވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު އޮންނަ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދިއްތަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.