ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކޮށްފި

ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކޮށްފި

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 04:48
0

ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަޤާމުން ވަކިކުރުމަށްފަހު، އަލުން އެ މަޤާމަށް އޭނާ އައްޔަންކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ޑރ. ސަލްމާ މަޤާމުން ވަކިކުރެއްވިއިރު، އޭނާއާއެކު ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު) ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އެހެންނަމަވެސް، އިއްޔެގެ ވަގުތެއްގައި ޑރ. ސަލްމާ ކުރިން ހުންނެވި މަޤާމަށް އަލުން އިޔާދަކުރެއްވި ނަމަވެސް، މުންދުއަށް މިހާތަނަށް އެއްވެސް މަޤާމެއް ހަމަޖައްސަވާފައިވާކަން އެނގިފައެއް ނުވެއެވެ.

މި ދެ ބޭފުޅުން އެއްފަހަރާ މަޤާމުން ވަކިކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކި ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން، މިކަން ގުޅިފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯއެއް މީސްމީޑިއާގައި ލީކުވި މައްސަލައާ ކަމަށް ބޮޑަށް ބެލެވެއެވެ. ޑރ. ސަލްމާއަކީ އަސްމާގެ އެއްބަނޑު އެއްބަފާ ދައްތަ ކަމަށްވާއިރު، މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ.

ޑރ. ސަލްމާ އާއި މުންދުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ވަރަށް ކުރީކޮޅުގައި ޚާރިޖީ ދާއިރާގެ އިސް މަޤާމުތަކަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.