އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ހެންވޭރުން ފެނިއްޖެ

އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ހެންވޭރުން ފެނިއްޖެ

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 01:40
0

ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނި، ފުލުހުން ތަހުގީގު ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިރޭ 18:18 އެހައިކަންހާ އިރު، ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބި، ވަގުތުން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ހަބަރު ހުސްވެފައި ފެނުނު ވަގުތު އޭނާގެ އަނގައިން ލޭ ފައިބަމުންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ އެހީތެރިކަމާއެކު، ލަސްނުކޮށް އެ މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސަރަހައްދުގައި ތިބި ބައެއް ފަރާތްތައް ބުނި ގޮތުގައި، ހަބަރު ހުސްވެ ފެނުނީ އިންޑިއާގެ ރައްޔިތެކެވެ. ފުރަތަމަ ގެއިން ނިކުތް ވަގުތު، ބަނޑުގައި ރިއްސާ ކަމަށް ބުނެ، ގެޔަށް ވަދެ ދިޔަ ކަމަށާއި، ފަހުން ބަޔަކު އޭނާ ބޭރަށް ނެރިފައި، ހާލު ގޯސްވުމުން ވަށައިގެން ތިބި މީހުން ދޫކޮށް ދިޔައީ ކަމަށް ލިބިފައިވާ މައުލޫމާތުން ފެންނަ ކަমަށް ވެއެވެ. ފުލުހުން ބުނިގޮތުގައި، ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.