ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް ސަޢޫދީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް ސަޢޫދީއަށް ވަޑައިގެންފި

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 08:38
0

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރާއްޖެއިން ފުރާވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ދެކަނބަލުން މަދީނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމާއެކު މަރުޙަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ޕްރިންސް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އިތުރުން ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބާރީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ރޫޙާނީ ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުންނެވެ. މި ދަތުރުފުޅާ ގުޅޭ އެންމެހައި އިންތިޒާމުތައް ސަޢޫދީ ސަރުކާރުން ހަމަޖައްސަވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.