ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ކުޑަ ތަފާތަކުން ޕީއެންސީގެ ސަނީހު ކާމިޔާބު ކޮށްފި

ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ކުޑަ ތަފާތަކުން ޕީއެންސީގެ ސަނީހު ކާމިޔާބު ކޮށްފި

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 07:55
0

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވާދަވެރިކަން ބޮޑުވި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަނީހް ޙަނީފް ކާމިޔާބުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ސަނީހު މި ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަޙްމަދު ޒާހިރާ ވާދަކުރައްވައި އެންމެ 13 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. އެގޮތުން އިންތިޚާބުގައި ސަނީހަށް 917 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަފާތަށް ލިބިވަޑައިގަތީ 904 ވޯޓެވެ. އަދި މި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް އާސިފަށް ލިބިވަޑައިގަތީ 189 ވޯޓެވެ.

އީސީގެ ވެބްސައިޓުގައި ނަތީޖާ އާންމުނުކުރާ ދެ ޝީޓެއް އަދި އިން ނަމަވެސް، އެއީ އެންމެ ހަތަރު ވޯޓުގެ ނަތީޖާކަމަށްވާތީ، އިންތިޚާބުގެ މި ނަތީޖާއަށް އިތުރު ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ.

މިފަހަރުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި މާލޭގެ ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ގެއްލި، އެމްޑީޕީން ކާމިޔާބުކުރިއިރު، މާލެއިން ޕީއެންސީއަށް ލިބުނީ އެންމެ ދެ ގޮނޑިއެވެ. އެހެންނަމަވެސް، އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތަކުގެ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.