އިންތިޚާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް މިރޭ

އިންތިޚާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް މިރޭ

Author
އަހުމަދު
06 އޭޕްރިލް 2026 11:31
0

ނިމިދިޔަ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

"ހޭވައްލާ ތައްޔާރު" ގެ ނަމުގައި ކުރިއަށްގެންދާ މި އުފާފާޅުކުރުމުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ސާފުވާގޮތުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް 68.52 އިންސައްތަ މީހުން ވަނީ ވޯޓުދީފައެވެ. އެހެންކަމުން މިރޭގެ ޖަލްސާގައި މި ހުރިހާ ކާމިޔާބީއެއް އެ ޕާޓީން ކުލަގަދަކޮށް ފާހަގަކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.