ތާރީޚު ބަދަލުކޮށް، އެމްޑީޕީގެ ބޮޑު ދެ ކިއްލާގެ ފުރިހަމަ ކޮންޓްރޯލް ޕީއެންސީއަށް

ތާރީޚު ބަދަލުކޮށް، އެމްޑީޕީގެ ބޮޑު ދެ ކިއްލާގެ ފުރިހަމަ ކޮންޓްރޯލް ޕީއެންސީއަށް

Author
ހުސައިން
05 އޭޕްރިލް 2026 09:47
0

ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި އަބަދުވެސް އެމްޑީޕީން ކުރިހޯދަމުން އައި އއ. އުކުޅަހާއި އެ އަތޮޅު ރަސްދޫގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް، ރަސްދޫގައި ވޭތުވެދިޔަ 18 އަހަރު ކައުންސިލް ކޮންޓްރޯލް ކުރީ އެމްޑީޕީންނެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިޚާބުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

އާބާދީގެ ނިސްބަތުން އެމްޑީޕީގެ އެންމެ ބޮޑު ތާއީދެއް އޮންނަ، އަދި އެ ޕާޓީގެ މުހިންމު ނިންމުންތަކެއް ނިންމި އުކުޅަހުން ވެސް ފެނުނީ މިފަދަ ނަތީޖާއެކެވެ. މީގެ ކުރިން ބޭއްވި ހުރިހާ ދައުރެއްގައި އެމްޑީޕީން ސައްތައިން ސައްތަ ކާމިޔާބީ ހޯދި ނަމަވެސް، މިފަހަރު އެ ރަށުގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއްވެސް ނެގީ ޕީއެންސީންނެވެ.

މި ބޮޑު ބަދަލާ ގުޅޭގޮތުން ރަށުގެ އާންމުން ބުނާ ގޮތުގައި، އެމްޑީޕީއަށް ގިނަ ފުރުސަތުތަކެއް ދެވުނު ނަމަވެސް އެކަށީގެންވާ ތަރައްޤީއާއި ކުރިއެރުން ފެނިފައެއް ނުވެއެވެ. އެހެންކަމުން ރައްޔިތުން ބޭނުންވީ ކުލަ ބަދަލުކޮށްގެން ނަމަވެސް ރަށަށް އާރޯކަމެއް ގެނައުމަށެވެ. މީގެ ފަސް އަހަރު ކުރިން އެމްޑީޕީގެ އިންތިޚާބީ އުފާފާޅުކުރުންތައް މި ރަށްރަށުގައި ބޭއްވި ނަމަވެސް، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މި ރަށްރަށަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބުމަކީ ރައްޔިތުން މާޔޫސްވެ، ފިކުރު ބަދަލުވި މައިގަނޑު ސަބަބެވެ.

އިއްޔެގެ އިންތިޚާބުގެ އާންމު ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގެ މެޖޯރިޓީ ޕީއެންސީން ވަނީ ހޯދާފައެވެ. ނަމަވެސް މާލެއާއި އެހެނިހެން ސިޓީތަކުގެ ކޮންޓްރޯލް ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.