ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އަދާލަތު ޕާޓީއަށް 6 ގޮނޑި

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އަދާލަތު ޕާޓީއަށް 6 ގޮނޑި

Author
ހުސައިން
05 އޭޕްރިލް 2026 09:21
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ޖުމްލަ ހަ ގޮނޑި ކާމިޔާބުކޮށްފިއެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑިއެއް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ރ. ކިނޮޅަސް ކައުންސިލްގެ ގޮނޑި ޙަސަން ޝުޢައިބަށް އިންތިޚާބަކާ ނުލައި ކުރިން ކަށަވަރުވެފައިވާއިރު، ވޯޓުލައިގެން ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމަށް އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިޚާބުވީ އަލީ ނަޝީދެވެ.

ކައުންސިލް ގޮނޑިތަކުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަދާލަތު ޕާޓީން ވަނީ ހަތަރު ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެގޮތުން މަކުނުދޫ ކޮމިޓީއަށް ޝަހުމާ އާދަމް އާއި ނިޒާމާ އާދަމް އިންތިޚާބުވެފައިވާއިރު، ކިނޮޅަސް ކޮމިޓީގެ މެންބަރުކަން ކަށަވަރުކުރީ ނަސްރީނާ އައްބާސްގެ އިތުރުން އާއިޝަތު ޖަވާދާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.