ފަސް ސިޓީގެ މޭޔަރުކަން ދެވަނަ ދައުރަކަށް އެމްޑީޕީން ކާމިޔާބުކޮށްފި

ފަސް ސިޓީގެ މޭޔަރުކަން ދެވަނަ ދައުރަކަށް އެމްޑީޕީން ކާމިޔާބުކޮށްފި

Author
ޙަސަން މުޙައްމަދު
04 އޭޕްރިލް 2026 10:24
0

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީން ދެވަނަ ދައުރަކަށް ދިފާއުކޮށްފިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. މީގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ ގޮނޑިވެސް އެ ޕާޓީން ކާމިޔާބުކުރީ ވާދަވެރި ކެންޑިޑޭޓުންނާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތަކުންނެވެ.

ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ރޭސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، އެ މަގާމުގައި މިހާރުވެސް ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް ސައުދު އަލީއާއި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބާ ދެމެދު އޮތީ ގާތްގަނޑަކަށް ފަންސާހަކަށް ވޯޓުގެ ކުޑަ ފަރަގެކެވެ. މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، މި ފަސް ސިޓީގެ ކައުންސިލްތަކުގެ މެޖޯރިޓީވެސް ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ލިބިފައިވަނީ އެމްޑީޕީއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.