މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އާޒިމް ބޮޑު ތަފާތަކުން ކުރިހޯއްދަވައިފިއެވެ.
މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ 43 އިންސައްތައަށްވުރެ ގިނަ ވޯޓު އާޒިމް ވަނީ ކާމިޔާބުކުރައްވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މޫސާއަށް ލިބިވަޑައިގެންފައިވަނީ 28 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދެވެ. ނަތީޖާތަކުން ދައްކާގޮތުގައި އޭނާއަށް ވަނީ 23 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. ވަގުތީ ނަތީޖާތައް މިހާރުވެސް އަންނަނީ ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ