ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގިނަ އަދަދެއްގެ ރައްޔިތުން ދެކޮޅު

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގިނަ އަދަދެއްގެ ރައްޔިތުން ދެކޮޅު

Author
ހުސައިން
04 އޭޕްރިލް 2026 08:51
0

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގިނަ ރައްޔިތުން އެކަމާ ދެކޮޅު ހަދައިފިއެވެ.

މި ވޯޓަކީ، ދެ އިންތިޚާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނާނެ ގޮތް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާހު ތަސްދީގުކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނެގި ވޯޓެކެވެ. މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނުފެންނަ ކަމަށް ވޯޓުދީފައެވެ. އެއީ މިހާތަނަށް ގުނި ފޮށިތަކުން 1،100 އަށްވުރެ ގިނަ ވޯޓެވެ. މި އިސްލާހަށް ތާއީދުކޮށް "އާނ" އޭ ބުނެފައިވަނީ އެންމެ 28.2 އިންސައްތަ މީހުންނެވެ. އެއީ ގާތްގަނޑަކަށް 435 ވޯޓެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،876 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ. ނަތީޖާތައް ދައްކާގޮތުން، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ތާއީދު ނެތްކަން މިވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.