ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލުކުރާކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލުކުރާކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

Author
އަހުމަދު
04 އޭޕްރިލް 2026 09:51
0

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލާ މީހާ ވަކި ވޯޓު ކަރުދާހެއް ބޭނުންނުވާނަމަ އެކަން އާންމުކޮށް އިއުލާނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ، ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށާއި، އޭގެ ތެރެއިން ވަކި އިންތިހާބެއްގެ ކަރުދާހެއް ބޭނުންނުވާނަމަ އެކަން ހާމަކޮށް އިއުލާނުކުރާނެ ކަމަށެވެ. އެގޮތަށް އިއުލާނުކުރަނީ އޮބްޒާވަރުންނަށް ނޯޓުކުރުމަށާއި، ފަހުން ވޯޓު ޓެލީކުރުމުގެ އިންތިޒާމުތަކަށް ފަސޭހައަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެކަމާ ގުޅިގެން އެމްޑީޕީން ބުނީ، މިގޮތަށް އަމަލުކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ބޭނުންވެގެން އީސީ މެދުވެރިކޮށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން، އެގޮތަށް އެކަން ނުކުރުމަށް އެމްޑީޕީން ވަނީ އީސީއަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.