ޕީއެންސީގެ ކެމްޕޭން ނިންމުމުގެ ބޮޑު ހިނގާލުން ރައީސާ އެކު މިއަދު ހަވީރު

ޕީއެންސީގެ ކެމްޕޭން ނިންމުމުގެ ބޮޑު ހިނގާލުން ރައީސާ އެކު މިއަދު ހަވީރު

Author
ޙަސަން މުޙައްމަދު
03 އޭޕްރިލް 2026 10:38
0

ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ "ރައްޔިތުންގެ ބޮޑު ހިނގާލުން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައިވެރިވެވަޑައިގަތުމާއެކު މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.

ޕީއެންސީން މަޢުލޫމާތު ދޭގޮތުގައި މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި އެ ޕާޓީގެ މައި ޖަގަހަ ކުރިމަތިންނެވެ. މިއީ ފާއިތުވި ދެމަހެއްހާ ދުވަހު މުޅި ރާއްޖޭގައި އެ ޕާޓީން ހިންގި ފުޅާ ސިޔާސީ ޙަރަކާތްތަކާއި ކެމްޕޭނުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ބޮޑު އެއްވުމެކެވެ. މި ތާރީޚީ ހިނގާލުމުގައި ވީހާވެސް ގިނަ ޢާންމު ރައްޔިތުންނާއި ސަޕޯޓަރުން ބައިވެރިވުމަށް ވެރިކަންކުރާ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މުހިންމު ތިން ވޯޓެއް ނަގާނެ ދުވަހެކެވެ. އެދުވަހު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ފެންނަ ނުފެންނަ ވޯޓު ނެގުން ކުރިއަށްދާނެއެވެ.

މިފަހަރުގެ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުތަކުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައެވެ. އަދި ވާދަވެރިކަމެއް ނެތި ވޯޓުލުމުގެ ކުރިންވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ގިނަ ގޮނޑިތަކެއް ކަށަވަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.