އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން އިންތިހާބަށް ހާއްސަކޮށް ޖުމްލަ 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ޗާޕްކޮށްފައިވާ ކަރުދާސްތަކުގެ ތަފްސީލް، ކޮމިޝަނުން މިއަދު ވަނީ ޢާންމު ކުރައްވާފައެވެ. ވޯޓު ކަރުދާސްތައް ޗާޕްކޮށްފައި ވަނީ ރާއްޖޭގެ ޗާޕްހާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ތިން އިންތިހާބުގެ ތެރެއިން ކައުންސިލް އިންތިހާބަށް 297،959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 292،706 ކަރުދާސް ޗާޕްކޮށްފައި ވެއެވެ. ހިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ޗާޕްކޮށްފައި ވަނީ 298،180 ކަރުދާހެވެ.
މި ތިން އިންތިހާބުގެ ތެރެއިން އެންމެ ގިނައިން ވޯޓު ކަރުދާސް ޗާޕްކޮށްފައި ވަނީ މާލެ ސިޓީއަށް ހާއްސަ ކޮށްގެންނެވެ. ކައުންސިލާއި، އަންހެނުންގެ ތަރައްގީ ކޮމިޓީ ހިމެނޭ ގޮތަށް، ހަމައެކަނި މާލެ ސިޓީ އަށް ޗާޕްކޮށްފައިވާ ކަރުދާހުގެ ޢަދަދު 117،906 އަށް އަރައެވެ.
ކޮމެންޓު ފޮނުވާ