ބިންވެރިޔާ ސްކީމް: ރަސްމާލެއިން ގޯތި ހޯދުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަސް

ބިންވެރިޔާ ސްކީމް: ރަސްމާލެއިން ގޯތި ހޯދުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަސް

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 07:37
0

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ރަސްމާލެއިން ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ހައުސިންގ މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯއްޗެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ޚާއްޞަކޮށްފައިވަނީ، މީގެ ކުރިން ޖޮއިންޓްކޮށް ފޯމުލައިގެން ގޯތި ލިބިފައިވާ މީހުންނަށާއި، ފްލެޓެއް އޮތުމުގެ ސަބަބުން ގޯއްޗަށް އެދުމުގެ ފުރުސަތު ގެއްލުނު ފަރާތްތަކަށެވެ.

ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް އަމާޒުހިފާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދިނުން ކަމަށްވާތީ، ޝަރުތު ހަމަވާ ފަރާތްތަކުން ލަސްނުކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.