މަޖީދީމަގުން މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހޯދަނީ

މަޖީދީމަގުން މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހޯދަނީ

Author
ހުސައިން
01 އޭޕްރިލް 2026 03:41
0

މާލޭގެ މަޖީދީމަގުން ކަފިހުރަސް މަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މީޑިއާ ކައުންސިލް ކުރިން ހިންގި އިމާރާތް ކުރިމަތީގައި އޮންނަ ކަފިހުރަސް މަތިންނެވެ. އެ ވީޑިއޯއިން ފެންނަނީ މީހަކު މަގު ހުރަސްކުރަނިކޮށް، އައި ސައިކަލަކުން އޭނާގެ ގައިގައި ޖެހި ވެއްޓޭ މަންޒަރެވެ. ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުކުރުމެއްނެތި އެ ސަރަހައްދުން ދުއްވާފައި ދެއެވެ. މީގެ އިތުރުންވެސް، އެ ފިރިހެން މީހާ މާލޭގެ އެކި ސަރަހައްދުތަކުން ދުއްވާފައި ދާ މަންޒަރު ފެންނަ އިތުރު ފުޓޭޖުތަކެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ޓްރެފިކް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެކެވެ. އަދި މިހާތަނަށް އެ ސައިކަލު ދުއްވަން އިން މީހާ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން، މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު ހުރިނަމަ، ލަސްނުކޮށް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.