ދޯންޏެއްގެ ބުރަފަތީގައި ޖެހި ޖަރުމަނުގެ ފަތުރުވެރިޔަކު މަރުވެއްޖެ

ދޯންޏެއްގެ ބުރަފަތީގައި ޖެހި ޖަރުމަނުގެ ފަތުރުވެރިޔަކު މަރުވެއްޖެ

Author
އަހުމަދު
01 އޭޕްރިލް 2026 01:42
0

އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅެނިކޮށް، ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ޖަރުމަނުވިލާތުގެ ފިރިހެނެކެވެ. ފުލުހުންނަށް މި ހާދިސާގެ މަޢުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:59 ހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.