މަޓާޓޯގެ ސީއީއޯގެ މަގާމުން ބައްސާމް އިސްތިއުފާ ދެއްވައިފި

މަޓާޓޯގެ ސީއީއޯގެ މަގާމުން ބައްސާމް އިސްތިއުފާ ދެއްވައިފި

Author
ހުސައިން
31 މާރޗް 2026 07:48
0

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބައްސާމް އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކަންކަން ވަރަށް އަވަހަށް ބަދަލުވަމުން އަންނާތީ އެ މަގާމުގައި ދެމިހުންނެވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ނަމަވެސް މަޓާޓޯގެ ސީއީއޯކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާ ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި، އެ މުއްދަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި ބައްސާމަކީ އޭގެ ކުރިން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.