ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Author
އަހުމަދު
28 މާރޗް 2026 01:35
0

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

އެޗްޑީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިކަމާ ގުޅޭ އެއްބަސްވުމެއްގައި ހައުސިން މިނިސްޓްރީއާއެކު އެ ކުންފުނިން ސޮއިކޮށްފައިވަނީ މި ހިނގާ މަހުގެ 24 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، އެ ފްލެޓްތަކުގެ އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތްތަކަށް ބޭނުންވާ އެކި ކަހަލަ މަރާމާތުތައް ކުރުމުގެ ފުރިހަމަ ޒިންމާ ކުރިއަށް އޮތް ތަނުގައި ނަގާނީ އެޗްޑީސީންނެވެ.

މީގެ ކުރިންވެސް އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ބޮޑެތި ހައުސިންގ ޕްރޮޖެކްޓްތަކެއް ބަލަހައްޓަމުންނެވެ. އެގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުންދާ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކުގެ މެއިންޓެނަންސް އަދި ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށްގެންދަނީ ސީދާ އެ ކުންފުނިންނެވެ. ފޭސް 1 ގެ ފްލެޓްތަކާ އެޗްޑީސީން އަލަށް ހަވާލުވުމާއެކު، އެތަނުގެ މެއިންޓެނަންސް މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.