އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން 10 ދުވަހަށް ފަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވެއްޓިއްޖެއެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގެ މައިގަނޑު މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ. މި ބަދަލާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 93.07 އެމެރިކާ ޑޮލަރުގައެވެ. ހަމައެއާއެކު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގުވެސް ވަނީ 1.8 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 106.12 ޑޮލަރަށް ތިރިވެފައެވެ.
އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައާ ގުޅިގެން މީގެ ކުރިން ތެލުގެ އަގުތައް ވަނީ ކަންބޮޑުވާ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން ހަނގުރާމަ ފެށުނު ފަހުން ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 50 އިންސައްތަ އުފުލުނުއިރު، ޑަބްލިއުޓީއައިގެ އަގު ވަނީ 40 އިންސައްތަ މައްޗަށް ގޮސްފައެވެ. ނަމަވެސް އެމެރިކާގެ ރައީސްގެ މި ފަހުގެ ނިންމެވުމާއެކު، ހަލަބޮލިވެފައިވާ ތެލުގެ ބާޒާރަށް މިވަނީ ވަގުތީ ލުޔެއް ލިބިފައެވެ.
ކޮމެންޓު ފޮނުވާ