ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގައި ރަންބީރް ކަޕޫރުގެ ބައްޕަގެ ބައި ކުޅޭނީ ބޯނީ ކަޕޫރެވެ. މަޝްހޫރު ޕްރޮޑިއުސަރ ބޯނީ ކަޕޫރު ބުނިގޮތުގައި މި ރޯލުކުޅެން އެއްބަސްވީ އޭނާގެ ދަރިފުޅު އަރުޖުން ކަޕޫރު ގެ ސަބަބުންނެވެ. ލަވް ރަންޖަންގެ މި ރޮމޭންޓިކް ޑްރާމާގައި ލީޑުން ފެނިގެން ދާނީ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރެވެ.
މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ބޯނީ ބުނެފައިވަނީ ފިލްމުގެ ސްކުރިޕްޓް ނިމުމުން ލަވް ރަންޖަން ބޭނުންވީ ރަންބީރުގެ ބައްޕަގެ ރޯލަށް ބޯނީ ކަހަލަ މީހަކު ލުން ކަމަށެވެ. އެހެންކަމުން އެ ރޯލު ކުޅެން ބޯނީއަށް ލަވް ހުށައެޅުމުން ފުރަތަމަ ނޫނެކޭބުނީ އޭނަގެ ޕްރޮޑަކްޝަން މަސައްކަތްތަކުގައި ބިޒީ ވުމުން ކަމަށްވެސް ބޯނީ ބުންޏެވެ. އަދި ފަހުން ލަވް ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރާ ވާހަކަދެއްކުމުން ބޯނީ އެފިލްމުން އެކްޓިންގެ ދާއިރާއަށް ނުކުންނަށް އެއްބަސްކުރުވީ އަރުޖުން ކަމަށްވެސް ބޯނީ ބުންނެވެ.
ބޯނީ ބުނިގޮތުގައި ފިލްމުގެ ޝޫޓިންގއަށް ދިއްލީއަށް ފުރާނީ މި ހަފްތާ ތެރޭގައިކަމަށެވެ. އަދި ފުރަތަމަވެސް ފިލްމަށް ނޫނެކޭ ބުނީ ކޮންމެހެން ކެމެރާކުރިމައްޗަށް އަރަން ޖެހިލުން ވާތީ ނޫންކަމަށްވެސް ބޯނީ ބުންޏެވެ.
ބޯނީ ކަޕޫރަކީ އަރުޖުންގެ އިތުރުން އަރަމުން އަންނަތަރި ޖާންވީ ކަޕޫރުގެ ވެސް ބައްޕައެވެ. އަދި 2018 ވަނަ އަހަރު މަރުވި ކުޅަދާނަ އެކްޓަރ ޝްރީދޭވީ މަރުވުމާއިހަމައަށް ހުރީ ބޯނީގެ އަތްނބެއްގެ ގޮތުގައެވެ.
ލަވް ރަންޖަންއަކީ، އެކްޓަރ ކާތިކް އާރްޔާންއާއި ނުސްރަތު ބަރުއްޗާ ފެނިގެންދިޔަ ފިލްމު "ޕިޔާރް ކާ ޕަންޗްނާމާ"އަދި "ސޯނު ކޭ ޓީޓޫ ކީ ސުވީޓީ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ. މީގެއިތުރުން އަޖޭ ދޭވްގަން އާއި ތަބޫ އަދި ރަކުލް ޕުރީތް ފެނިގެންދިޔަ "ދޭ ދޭ ޕިޔާރް ދޭ" ގެ ޕުރޮޑިއުސަރަކީވެސް ލަވް ރަންޖަން އެވެ.