އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އަށް އީރާނުން ހަމަލާދީފި

އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އަށް އީރާނުން ހަމަލާދީފި

Author
އަހުމަދު
26 މާރޗް 2026 10:34
0

އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޮޑު މަނަވަރު، "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް އީރާނުން މިސައިލް ހަމަލާއެއް ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން އަސްކަރިއްޔާއާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ކަނޑުއަޑިން ފޮނުވާލާ ކުރޫޒް މިސައިލެއް ބޭނުންކޮށްގެންނެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ މަނަވަރުތަކަށް ހަމަލާދިނުމުގެ ހާއްސަ ގާބިލުކަން ލިބިފައިވާ ފަނާކުރަނިވި މިސައިލެކެވެ. ހަމަލާ އަމާޒުވި ޔޫއެސްއެސް އަބްރަހަމް ލިންކަން އަކީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އެމެރިކާއިން އެ ސަރަހައްދަށް ފޮނުވާފައިވާ މަނަވަރުތަކުގެ ތެރެއިން އުޅަނދެކެވެ.

މިކަމާ ގުޅިގެން އީރާނުގެ ނޭވީ ޗީފް އެޑްމިރަލް ޝަހްރާމް އިރާނީ ވިދާޅުވީ، އެ ގައުމުގެ މިސައިލް ރޭންޖުގެ ތެރޭގައި ހުރި އަދާވާތްތެރިންގެ ކޮންމެ މަނަވަރަކީވެސް ހަމަލާގެ އަމާޒަކަށް ވެދާނެ ކަމަށެވެ. އަދި އީރާނަށް ނުރައްކާ އޮތް ކޮންމެ އުޅަނދަކަށް ފަސްޖެހުމެއްނެތި ހަމަލާދޭނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

އީރާނުން މި ހަމަލާގެ ޒިންމާ ނަގާފައިވީ ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން އެމެރިކާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.