މާލޭގެ "އަމްބުރެއްލާ ގޯޅި" ގެ ރީތިކަމަށް ޗައިނާ ސަފީރުގެ ތައުރީފު

މާލޭގެ "އަމްބުރެއްލާ ގޯޅި" ގެ ރީތިކަމަށް ޗައިނާ ސަފީރުގެ ތައުރީފު

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 09:40
0

މާލޭގެ ބިސްބުރު ސަރަހައްދުގައި އޮންނަ ހިތްގައިމު "އަމްބުރެއްލާ ގޯޅި" އަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

ގުލްހަޒާރު މަގާއި އިސްކަންދަރު މަގާ އިންވެގެން އޮންނަ މި ގޯޅިއާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، މާލޭގެ މަގުތަކުގައި ހިންގަވާލެއްވުމުގެ ތެރެއިން ފެނިވަޑައިގަތް ކުލަގަދަ ކުޑަތަކުން ޒީނަތްތެރިކޮށްފައިވާ މި ގޯޅީގެ ސަބަބުން މުޅި ސިޓީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ. އަދި މި ހިތްގައިމު މަންޒަރު އެކަމަނާ ވަނީ ޗައިނާގެ ދެކުނުގެ ގަދީމީ ރަށްތަކުގައި ތެޔޮ-ކަރުދާހުން ހަދާފައި ހުންނަ ކުޑަ ބޭނުންކޮށްގެން ފުރާޅުތައް ޒީނަތްތެރި ކުރުމުގެ ޒަމާންވީ އާދަކާދައާ އަޅާކިޔުއްވާފައެވެ.

ޗައިނާގެ ސަގާފަތުގައި ކުޑައަކީ އާއިލީ ބައްދަލުވުންތަކާއި ނަސީބުވެރިކަމުގެ ރަމްޒަކަށް ވާއިރު، މިއީ ދެ ގައުމުގެ ސަގާފަތުގައި ހުރި އެއްގޮތްކަމާއި ގުޅުން ދައްކުވައިދޭ ކަމެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅުވައިގެން، ކުރިއަށް އޮތް ބަހާރު މޫސުމުގައި ޗައިނާއަށް ޒިޔާރަތްކޮށް އެ ގައުމުގެ ރީތި މަންޒަރުތަކާއި ސަގާފަތް ތަޖުރިބާކުރުމަށް ދިވެހިންނަށް ސަފީރު ވަނީ ދައުވަތު އަރުވާފައެވެ. މިއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަން އިތުރަށް ބަދަހިކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން އެކަމަނާ ދެއްވި މެސެޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.