ނޭވާލާން އުނދަގޫވެގެން ސޯނިއާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ނޭވާލާން އުނދަގޫވެގެން ސޯނިއާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

Author
އަހުމަދު
25 މާރޗް 2026 09:32
0

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާންދީ އާލާސްކަންފުޅާ އުޅުއްވާތީ ނިއު ދިއްލީގެ ސިރް ގަންގާ ރާމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މޫސުމަށް އައި ބަދަލުތަކާ ގުޅިގެން ނޭވާލާ ނިޒާމަށް ދިމާވި އުނދަގޫތަކަކާ ގުޅިގެންނެވެ. ސޯނިއާ ހޮސްޕިޓަލަށް ގެންދެވުމާއެކު، ދަރިކަލުން ރާހުލް ގާންދީ އާއި ދަރިކަނބަލުން ޕްރިޔަންކާ ގާންދީ ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ.

ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނައިރު، ސޯނިއާގެ ހާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުން، ނޭވާލުމުގެ މައްސަލައެއްގައި އެކަމަނާ މި ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.