ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ސްވިމިންގ ޕޫލަށް ގެނބިގެން އުމުރުން އެންމެ ދެ އަހަރުގެ ދިވެހި ކުއްޖަކު ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ހއ. އުލިގަމު، ވައިކަރަދޫގެ، އަބްދުﷲ ޒިޔަން ޒިދާނެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ ދަންވަރު 12:54 ހާއިރުއެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި ކުއްޖާ ނިޔާވީ ރިސޯޓުގެ ޕޫލަށް ގެނބުމުގެ ސަބަބުންނެވެ. ނަމަވެސް، ހާދިސާ ހިނގާފައިވަނީ ސީދާ ކޮން ރިސޯޓެއްގައިކަން ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ