ބަންޑުންޖަހާލައި ދެ މީހަކު ގެއްލިފައިވަނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ދުއްވި ލޯންޗެއް!

ބަންޑުންޖަހާލައި ދެ މީހަކު ގެއްލިފައިވަނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ދުއްވި ލޯންޗެއް!

Author
ޙަސަން މުޙައްމަދު
21 މާރޗް 2026 02:25
0

ވާވު އަތޮޅުގައި ރޭ ދަންވަރު ލޯންޗެއް ބަންޑުންޖަހާލައިގެން ހިނގި ނުރައްކާތެރި ހާދިސާގައި އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް ސިންގްހާނިއާއަށް އަނިޔާވެއްޖަކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ހާދިސާގައި އިތުރު ދެ މީހަކު ގެއްލިގެން އަދިވެސް ދަނީ ހޯދަމުންނެވެ.

ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ، އުމުރުން 60 އަހަރުގެ ގޯތަމްއަށް އަނިޔާވީ އޭނާގެ ލަގްޒަރީ ޔޮޓު "ޓީޓީ އަޝޭނާ" ގައި ގެންގުޅޭ ބާރު ސްޕީޑުގެ ސިނގިރެޓު ރޭސިން ލޯންޗެއް ރޭ ދަންވަރު 1:15 ހާއިރު ބަންޑުންޖަހާލުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު ލޯންޗު ދުއްވަން އިނީ ޚުދު ގޯތަމްއެވެ. މި އެކްސިޑެންޓުގައި އޭނާގެ މޫނާއި އަތް ހިމެނޭހެން ހަށިގަނޑުގެ ހަ ތަނަކަށް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ފުލުހުން ވަނީ އޭނާ މިހާރު ދޫކޮށްލާފައެވެ.

މި ލޯންޗުގައި ގޯތަމްގެ އިތުރުން ދެން ތިބީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާގެ އިތުރު ތިން ފިރިހެނުންނެވެ. މީގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން މެދުކެނޑުމެއްނެތި ކުރަމުންދާއިރު، މިއަދު ވަނީ މީހުން ހޯދުމަށް ޑްރޯންވެސް ބޭނުންކުރަން ފަށާފައެވެ.

ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ގޯތަމްއަކީ ލަގްޒަރީ އަދި ބާރު ސްޕީޑުގައި ދުއްވާ ކާރާއި ލޯންޗުފަހަރަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. މެރިން ޓްރެފިކް މޮނީޓާ ކުރާ ވެބްސައިޓުތަކުން ދައްކާ ގޮތުގައި އޭނާގެ ޔޮޓު މިހާރު މުމްބާއީގެ ބަނދަރެއްގައި އޮތުމުން، މި ހާދިސާއަށްފަހު ގޯތަމް ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.