ބަޓިކް އެއާގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

ބަޓިކް އެއާގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
20 މާރޗް 2026 11:13
0

މެލޭޝިޔާގެ ބަޓިކް އެއާގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެހި ފަސިންޖަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާރިޗު 19 ވަނަ ދުވަހުގެ ރޭ މެލޭޝިޔާއިން ރާއްޖެއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައެވެ. ފްލައިޓް މަތީގައި ހިނގައިދިޔަ މި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ފްލައިޓުން ދަތުރުކުރި ދިވެހި ފިރިހެނެކެވެ.

ފްލައިޓް ރާއްޖެ އައުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިހާރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލުތަކަކީ ކަމާބެހޭ ފަރާތްތަކުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.