އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ޕްރިމިއަރ ލީގުގައި އެންމެ ވާދަވެރި ދެ ކްލަބްގެ ގޮތުގައި ފާހަގަކުރެވިފައިވާ މިދެޓީމް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ކުރިމަތިލާގޮތަށް ހަމަޖެހިގެން ދިޔައީ ރޭ ނެގި ގުރުއަތުލުމުގައެވެ. މިމަހުގެ 24 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރގެ އޯލްޑް ޓްރެފަޑް ދަނޑުގައެވެ.
އެންމެފަހުގެ ޗެމްޕިއަން އާސެނަލް ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ ސަދެމްޓަން އާއި ޝްރޫބެރީ ބައްދަލުކުރާގޮތަށް ހަމަޖެހިފައިވާ މެޗުން މޮޅުވާ ޓީމަކާއެވެ. މެންޗެސްޓަރ ސިޓީ ބައްދަލުކުރާގޮތަށް ހަމަޖެހިފައިވަނީ ލީގް ޓޫގެ ޗެލްޓެންހަމް ޓައުންއާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްޓެންހަމްގެ ދަނޑުގައެވެ.

ނޭޝަނަލް ލީގު ނޯތުގެ ކޯލީ، އިންގްލިޝް ޕްރިމިއަރ ލީގުގެ ވުލްވަރހެމްޓަން ވޮންޑަރަރސްއާ ބައްދަކުރާގޮތަށް ހަމަޖެހިފައިވާއިރު ލީޑްސް ޔުނައިޓެޑް ތިންވަނަ ބުރުގައި ބަލިކުރި ކްރޯލީ ޓައުން ބައްދަލުކުރާގޮތަށް ހަމަޖެހިފައިވަނީ ބޯންމޯތުއާއެވެ. މީގެއިތުރުން ޓޮޓްނަމް ހޮޓްސްޕަރ ރަށުން ބޭރުގައި ވައިކޮމްބް ވޮންޑަރަރސްއާ ބައްދަލުކުރާއިރު ފުލަމް ބައްދަލުކުރާގޮތަށް ހަމަޖެހިފައިވަނީ ބާރންލީއާއެވެ.
މިމުބާރާތުގެ ފަސްވަނަ ބުރުގެ ގުރުލުންވެސް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވެސްޓް ހޭމް އާއި ޑޮންކާސްޓަރ ރޯވަރސް ބައްދަލުކޮށް މޮޅުވާ ޓީމެއް ބައްދަލުކުރާނީ މެންޗެސްޓަރ އާއި ލިވަޕޫލް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. ޗެލްސީ އާއި ލޫޓަން ޓައުން ބައްދަލުކޮށް މޮޅުވާ ޓީމެއް ބަރންސްލީ އާއި ނޯވިޗް ބައްދަލުކޮށް މޮޅުވާ ޓީމަކާއި ބައްދަލުކުރާގޮތަށް ގުރުއަތުލުމުން ދިމާވެފައިވާއިރު ޓޮޓްނަމް އާއި ވައިކޮމް ބައްދަލުކޮށް މޮޅުވާ ޓީމެއް ކުރިމަތިލާނީ އެވަޓަން އާއި ޝެފީލްޑް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.
ކޮމެންޓު ފޮނުވާ