ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޕީއެންސީން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް

ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ޕީއެންސީން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް

Author
ޙަސަން މުޙައްމަދު
14 މާރޗް 2026 02:36
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅުވައިގެން ސަރުކާރު ހިންގާ ޕީއެންސީން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު 4:00 ގައި މޭރީބްރައުން ކުރިމަތިން ބޮޑުތަކުރުފާނު މަގުން ފެށި މި ހަރަކާތުގައި ޕީއެންސީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ޕާޓީގެ ޓީޝާޓާއި ދިދަތަކާއެކު ބައިވެރިވެފައެވެ. މާލެ ވަށައިގެން ކުރިއަށްގެންދިޔަ މި ސައިކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަދި މާލެ ސިޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއީ ކެމްޕެއިން އިތުރަށް ފޯރިގަދަކޮށް، ޕާޓީގެ މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭއްވި އެކުވެރިކަމުގެ ހަރަކާތެއް ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މި އިންތިޚާބުގައި ބޭނުންވާކަން ފާހަގަކުރައްވައި، ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރަން ބޭނުންފުޅުވާ ނިޒާމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.