އެލައިޑުގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު!

އެލައިޑުގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު!

Author
ޙަސަން މުޙައްމަދު
11 މާރޗް 2026 09:24
0

އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަކޮށްގެން، އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގެ ނަމުގައި ހާއްސަ ގިވްއަވޭއެއް އެ ކުންފުނިން ފަށައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، އެލައިޑުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް (allied.mv) ފޮލޯކުރަން ޖެހޭނެއެވެ. އޭގެ ފަހުން ގިވްއަވޭ ޕޯސްޓުގެ ކޮމެންޓުގައި 6 ރައްޓެހިން ޓެގްކުރުމަށްފަހު، އެމީހެއްގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި އެ ޕޯސްޓު ޝެއާކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

އެލައިޑުން މައުލޫމާތު ދޭގޮތުގައި، ކޮންމެ ކޮމެންޓެއްގައިވެސް ތަފާތު 6 މީހުން ޓެގްކުރަން ޖެހޭނެއެވެ. އަދި ގިނައިން ކޮމެންޓުކުރާ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ޕްރައިވެޓް އެކައުންޓުތައް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ލުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމަށް ޑައިރެކްޓް މެސެޖަކުން (ޑީއެމް) ފޮނުވުމުން ޕްރޮމޯޝަނުގައި ފުރިހަމައަށް ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.