މިމަހުގެ ފުރަތަމަ ހަފްތާގައި ސްކޭމްކޮށްގެން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި

މިމަހުގެ ފުރަތަމަ ހަފްތާގައި ސްކޭމްކޮށްގެން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި

Author
އަލީ ރައޫފް
10 މާރޗް 2026 05:17
0

މި ހިނގާ މާރިޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސްކޭމްގެ ޒަރިއްޔާއިން 425,186.20 ރުފިޔާ އޮޅުވާލައިގެން ފޭރިގެންފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުގެ ހިސާބުތައް ދައްކާ ގޮތުން، ހަފްތާ ތެރޭ ސްކޭމްގެ 58 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ފޭރިގެންފައިވާ ފައިސާތަކުގެ ތެރެއިން ހޯދިފައިވަނީ 145,215.15 ރުފިޔާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ، ހިނގި ސްކޭމްތަކުގެ ތެރެއިން އެންމެ ގިނައީ ތަކެތި ވިއްކާ ކަމަށް ދައްކައިގެން ހިންގި އީ-ކޮމާސް ސްކޭމްތައް ކަމަށެވެ. ހަފްތާ ތެރޭ ރިޕޯޓްކޮށްފައިވާ 58 މައްސަލައިގެ ތެރެއިން 42 ކޭހަކީ އީ-ކޮމާސް ސްކޭމް ކަމަށް ފުލުހުން ބުނެއެވެ. ދެން އެންމެ ގިނައީ، ދެނެ ހުންނަ މީހެއްގެ ނަމުގައި ގުޅައި ފައިސާ ހޯދި ނުވަ ކޭހާ އެކު، ޑޮލަރު މާރުުކޮށްދޭނެ ކަމަށް ބުނެ ހިންގި ސްކޭމްތަކެވެ.
ފުލުުހުުން ވަނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ކުރިން ބިޒްނަސް ޕޯޓަލް މެދުުވެރިކޮށް ވިޔަފާރީގެ ސައްހަކަން ކަށަވަރުކޮށް، އަމިއްލަ ފަރުުދުުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުުފޮނުުވަން އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ، ފައިސާ ފޮނުުވުުމުުގެ ކުުރިން ގުުޅުުއްވައިގެން ސައްހަކަން ޔަގީންކުރެއްވުމަށްވެސް ފުުލުުހުުން ވަނީ އިލްތިމާސްކޮށްފައެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.