ބިދޭސީ މީހާއަށް އަނިޔާ ކުރިކަމުގެ ރަސްމީ ޝަކުވާއެއް ހުުށަހަޅާފައި ނުުވޭ: ޕޮލިސް

ބިދޭސީ މީހާއަށް އަނިޔާ ކުރިކަމުގެ ރަސްމީ ޝަކުވާއެއް ހުުށަހަޅާފައި ނުުވޭ: ޕޮލިސް

Author
އަލީ ރައޫފް
10 މާރޗް 2026 12:53
0

ހައްޔަރުކުރި ބިދޭސީއަށް އަނިޔާކުރި ކަމަށް ހުށަހެޅި މައްސަލައިގައި ފުލުހުން ބަޔާނެއް ނެރެފި
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައިގައި ފުލުހުން ބަޔާނެއް ނެރެފި އެވެ.
ފުލުހުން ބުނީ، އެ ބިދޭސީ ބަންދުކުރި ހިސާބުން ފެށިގެން ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ވެސް، ފުލުހުންގެ ތެރޭގައި އަނިޔާގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ބަންދުގެ އިޖުރާއަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ވެސް ނޭދޭ ކަމަށް ފުލުހުން ފާހަގަކުރެ އެވެ.
ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބިދޭސީއެކެވެ. ފެބްރުއަރީ 20 ގައި ހަނީފް ހައްޔަރުކުުރި ވަގުުތު ގއ. މާމެންދުުއަށް ނިސްބަތްވާ 28 އަހަރުގެ އަޒުހަދު ނަސީމް ވެސް ހައްޔަރުުކުުރި އެވެ. ފުުލުުހުުން ކުުރިން ބުުނެފައިވާ ގޮތުުގައި ހަނީފަކީ އަޒުހަދުުގެ މުުވައްޒަފެކެވެ. ދެ މީހުުންނަށް ވެސް ތުުހުމަތުުކުުރަނީ މަސްތުުވާތަކެތި ބޭނުުންކުުރުުމާއި، ވިޔަފާރިކުުރުުމުގެ ކުުށެވެ.
ހަނީފްގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހާފައި ވެ. ކޯޓު ލިޔެކިޔުންތަކުން ދޭހަވާ ގޮތުގައި، ކޯޓުގައި ހަނީފްގެ ފަރާތުން ތުހުމަތުކޮށްފައިވަނީ، ހައްޔަރުކުުރި ވަގުުތު ފުުލުުހުުން އޭނާއަށް އަނިޔާކުރި ކަމަށެވެ. ފުުލުުހުުން ވަނީ، މި ތަހުުގީގަށް ފުުރިހަމަ އެއްބާރުުލުުން ދޭނެ ކަމަށް ކަށަވަރުުކޮށްދީފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.