ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

Author
އަހުމަދު
10 މާރޗް 2026 12:42
0

ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ޕޯސްޓްތަކުގެ ތެރެއިން ގިނައީ މަކަރާ ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެވެ. ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ އިންޓަނެޓާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމެވެ. ކުޑަކުދިންނާއި ސީރިއަސް ބަލިތަކުގެ ވާހަކަ ދައްކައިގެން ހަމްދަރުދީ ހޯދުމަކީ ވެސް ސްކޭމަރުން ބޭނުންކުރާ އުކުޅެކެވެ. ބައެއް ހާލަތްތަކުގައި ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނަގައި، ހަމައެކަނި މެސެޖަށް ޖަވާބުދިނުން ވެސް ފާހަގަވެފައިވެ އެވެ.
ފުުލުުހުުން ވަނީ ފައިސާ ފޮނުވުުމުުގެ ކުުރިން ނަންބަރަށް ގުޅައި ވާހަކަ ދެއްކުމަށާއި، ގޫގުލް ރިވާސް އިމޭޖް ސާޗް ފަދަ ވަސީލަތެއް ބޭނުުންކޮށްގެން ފޮޓޯ ސައްހަތޯ ބެލުުމަށް އެދިފަ އެވެ. ޔަގީން ނުުވާ ނަމަ މިފަދަ ޕޯސްޓްތައް ޝެއާ ނުުކުުރުުމަށް ވެސް ފުުލުުހުުން ވަނީ ހަނދާންކޮށްދީފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.