ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ދިއްދޫ އާއި މަޑުއްވަރީގައި އައު އިމާރާތްތަކެއް އެޅުމަށް ސޮއިކޮށްފި

ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ދިއްދޫ އާއި މަޑުއްވަރީގައި އައު އިމާރާތްތަކެއް އެޅުމަށް ސޮއިކޮށްފި

Author
އަހުމަދު
09 މާރޗް 2026 11:51
0

އަތޮޅުތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ހއ. ދިއްދޫގައި އެކޮމޮޑޭޝަން ބްލޮކަކާއި ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ފުލުހުންގެ މުއައްސަސާގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް އެޅުމަށް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޢަލީ ވަސީޢުއެވެ. އަދި ރ. މަޑުއްވަރީގައި އައު ޕޮލިސް ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރު ސަޢުދުﷲ ޙިލްމީއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.