އީރާނުގެ ހަމަލާއެއްގައި އިސްރާއީލުން މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެއްޖެ

އީރާނުގެ ހަމަލާއެއްގައި އިސްރާއީލުން މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެއްޖެ

Author
ޙަސަން މުޙައްމަދު
09 މާރޗް 2026 05:58
0

އީރާނުން އިސްރާއީލުގެ މެދުތެރެއަށް އަމާޒުކޮށް ފޮނުވާލި ކްލަސްޓާ މިއުނިޝަން ހަމަލާއެއްގައި މީހަކު މަރުވެއްޖެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އިތުރު ދެ މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އިސްރާއީލުގެ އެމްބިއުލާންސް ސާވިސް، މެގަން ޑޭވިޑް އެޑޮމް (އެމްޑީއޭ) އިން މައުލޫމާތު ދޭގޮތުގައި، ފުރާނަ ގޮސްފައިވަނީ އިމާރާތްކުރާ ސައިޓެއްގައި ހުރި އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އަދި ހަމަ އެ ސައިޓުގައި ހުރި އުމުރުން 40 އަހަރުގެ އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އެމްޑީއޭއިން ބުނެފައިވަނީ އީރާނުގެ މި ބެލެސްޓިކް މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ މެދުތެރޭގެ އެހެން ސަރަހައްދެއްގައި ހުރި އުމުރުން 30 އަހަރުގެ ފިރިހެނަކަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ފަހުން އީރާނުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި އިސްރާއީލުގެ 11 ވަނަ މީހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.