Ad
އިންޑިއާގެ ބައެއް މަދަރުސާތައް އަލުން ހުޅުވަނީ

އިންޑިއާގެ ބައެއް މަދަރުސާތައް އަލުން ހުޅުވަނީ

Author
ހުސައިން
01 އޮކްޓޯބަރ 2020 09:48
0

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ އިންޑިޔާގެ މަދަރުސާތައް މަރުހަލާތަކަކަށް ބަހާލައިގެން ހުޅުވުމުގެ ހުއްދަ ދީފިއެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 6.23 މިލިއަން މީހުންނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މި ބަލީގައި މިހާތަނަށް އެ ޤައުމުން 97،497 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެ ޤައުމުން 80،500 މީހުންނަށްވަނީ ބަލިޖެހިފައެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިދިޔަ މާރޗު މަހު އިންޑިޔާއިންވަނީ ހަރުކަށި ފުރަބަންދެއް އިއުލާނުކޮށްފައެވެ. ނަމަވެސް މި ފުރަބަންދުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ހީނަރުވަމުންދާތީ ފާއިތުވި މަސްތަކުގައި އިންޑިޔާއިންވަނީ ފުރަބަންދަށް ގިނަ ލުއިތަކެއް ދީފައެވެ.

މި ލުއިތަކާއެކު އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން މަދަރުސާތަކާއި ކޮލެޖުތަކާއި ތަޢުލީމުދޭ އެކި މަރުކަޒުތައް ހުޅުވުމުގެ އިޚްތިޔާރު އެ ޤައުމުގެ ސްޓޭޓުތަކަށްވަނީ ދީފައެވެ. މަދަރުސާތައް ހުޅުވުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަރުކަޒީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރުންނަށް މަދަރުސާއަށް ހާޒިރުވެވޭނީ އެކުދިންގެ ބެލެނިވެރިންގެ އިޢުތިރާޒެއް ނެތްކަމަށް ބުނާ ލިޔުމެއް އޮތްނަމައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.