ފޯޅަވަހީގެ އަސްލު ހައްގުވެރިންނަކީ ދިވެހިން، އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް

ފޯޅަވަހީގެ އަސްލު ހައްގުވެރިންނަކީ ދިވެހިން، އެތަން ލިބެންޖެހޭނީ ރާއްޖެއަށް: ރައީސް

Author
ޙަސަން މުޙައްމަދު
26 ފެބްރުއަރީ 2026 11:46
0

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި މިވަގުތު އޮތް ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ހަގީގީ ހައްގުވެރިންނަކީ ދިވެހިން ކަމަށާއި، އެތަން ބަޔަކާ ހަވާލުކުރާނަމަ ދިވެހިރާއްޖެ ނޫން އެހެން ބަޔަކަށް އެތަން ހައްގު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޚާއްސަ މާހެފުމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވަނީ ފޯޅަވަހީގެ މައްސަލައިގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ފޯޅަވަހި ދޫކޮށްލަން ނިންމައި އެހެން ފަރާތަކާ ހަވާލުކުރާ ހާލަތެއްގައި، އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ބަޔަކީ ދިވެހިރާއްޖެއެވެ. އަދި އެތަނުގެ މިލްކުވެރިކަމާއި ހައްގުވެރިކަމާމެދު ވާހަކަދައްކަވަމުން ރައީސް ވަނީ އެއީ ދިވެހިންގެ ތަނެއްގެ ގޮތުގައި ސިފަކުރައްވައި، އެ ސަރަހައްދުގެ މައްޗަށް ދިވެހިރާއްޖޭގެ އޮތް ހައްގު ދޫކޮށްނުލައްވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިރޭގެ މާހެފުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ފޯޅަވަހީގެ މައްސަލައަކީ ދިވެހިންގެ މަސްލަހަތާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެތަން އަނބުރާ ލިބުމަކީ ދިވެހިންނަށް ލިބެންޖެހޭ ހައްގެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.