ގަޑިބުރު ކައިރިން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ގަޑިބުރު ކައިރިން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

Author
އައިޝަތު އަޙްމަދު
25 ފެބްރުއަރީ 2026 03:25
0

މާލޭ ގަޑިބުރު ސަރަހައްދުން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، އުމުރުން 24 އަހަރުގެ އަލީ ޝަމާއިލެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ތޫނު ހަތިޔާރު ގެންގުޅުމާއި މީހަކަށް ހަމަލާދިނުމުގެ ތުހުމަތެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހު މާފަންނު ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީ މީހާއަށް އަމާޒުކޮށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ޝަމާއިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ގާޒީ ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ޝަމާއިލްއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ފާހަގަކޮށްފައިވާއިރު، އޭނާ ވަނީ ޝަރީއަތުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ކަނޑައަޅައި، ފުލުހުން ވަނީ ހާދިސާ ރިޕޯޓާއި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން ފޮޓޯ އާއި ލައިންއަޕް ރިޕޯޓު ވެސް ކޯޓަށް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.