ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

Author
އަހުމަދު
24 ފެބްރުއަރީ 2026 11:27
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިންނަށް ޚާއްޞަ ރޯދަވީއްލުމެއް ދެއްވައިފި އެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ބައްދަލުކުރައްވައި، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ބޭރުގެ މަންދޫބުން ވަނީ ރައީސްގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފަ އެވެ.

މި ރޯދަވީއްލުމަކީ ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކުރުމުގެ މަޤްޞަދުގައި ބޭއްވެވި ހަރަކާތެކެވެ. މިއީ ސަގާފީ އަދި ދީނީ މުނާސަބަތުތަކުގެ ތެރެއިން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަވާ މުހިންމު ސަގާފަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.