ނޭޕާލަށް ކަނޑައެޅުއްވި ސަފީރުކަމުގެ ފަތްކޮޅު އާއިޝަތު އަޒީމާ ރައީސް ޕައުޑެލްއަށް އަރުވައިފި

ނޭޕާލަށް ކަނޑައެޅުއްވި ސަފީރުކަމުގެ ފަތްކޮޅު އާއިޝަތު އަޒީމާ ރައީސް ޕައުޑެލްއަށް އަރުވައިފި

Author
އަހުމަދު
24 ފެބްރުއަރީ 2026 11:15
0

ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، އާއިޝަތު އަޒީމާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނޭޕާލުގެ ރައީސް ރާމްޗަންދުރަ ޕައުޑެލްއަށް މިއަދު ރަސްމީކޮށް އަރުވައިފިއެވެ.

ކަތުމަންޑޫގައި ހުންނަ ނޭޕާލުގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމުން، ރައީސް ޕައުޑެލް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު އަޒީމާ ވަނީ ނޭޕާލުގެ ރައީސް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލުގެ ރައީސަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ނޭޕާލަށް ކުރައްވާ މި ދަތުރުފުޅުގައި، އެގައުމުގެ ޚާރިޖީ ވަޒީރާއި، ހެލްތު މިނިސްޓަރުގެ އިތުރުން ފޮރިން ސެކްރެޓަރީއާއި ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަޒީމާ، ނޭޕާލުގެ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.