ދ. އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިން އަތުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދ. އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިން އަތުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Author
އަހުމަދު
18 ފެބްރުއަރީ 2026 06:47
0

ދ. އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 126 ބަނގުރާ ފުޅިއާއި 122 ބިޔަރު ދަޅެވެ. މި ތަކެއްޗަކީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން، މި އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ އުސޫލުތަކާ އެއްގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.