އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުން، ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ހިނގާ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހިފަހައްޓާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޗައިއޮން ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ދިރިއުޅެމުން ދިޔަ ތަން ބަލައި ފާސްކުރިއިރު ވޭޕްކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ. އޭގެ ތެރޭގައި 959 ނެނޯ ސްޓިކާއި، 34 ފްލޭވާގެ އިތުރުން 11 ޑިސްޕޯސަބަލް ސްޓިކް ހިމެނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި އަދި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ މި މީހާ މިހާރު ވަނީ އިތުރު ފިޔަވަޅުތައް އެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ