ރާއްޖެއަށް އެތެރެކުރި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 36.4 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އިން ބަލައި ފާސްކުރި މުދާތަކެއްގެ ތެރެއިން ފެނުނު މި ތަކެތި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، މި ހިނގާ މަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލައް، މަދާރުގެ، ޙަސަން މަފާޒު (26 އ) އާއި ހ. ފިލްމީސައިޓް، ވިޝާމް މުޙައްމަދު (35 އ) އެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 14 ދުވަސް ޖަހައިދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ