ސްޓޮކް މަދުވުމުން 20 ރުފިޔާގެ އާ ނޫޓުތަކެއް އެމްއެމްއޭއިން ގެނެސްފި

ސްޓޮކް މަދުވުމުން 20 ރުފިޔާގެ އާ ނޫޓުތަކެއް އެމްއެމްއޭއިން ގެނެސްފި

Author
އައިޝަތު އަޙްމަދު
15 ފެބްރުއަރީ 2026 01:29
0

ރާއްޖޭގައި މިހާރު ދައުރުވަމުންދާ "ރަންދިހަފަހެއް" ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް ދަށްވުމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ނޫޓުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަލަށް މި ނޫޓުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ބާޒާރުގައި ފައިސާ ދައުރުވުން މެދުނުކެނޑި، އާންމުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމެވެ. އެމްއެމްއޭއިން އަބަދުވެސް ފައިސާގެ ސްޓޮކް ހުންނަ މިންވަރު ބަލަމުން ގެންދާ ކަމަށާއި، މިއީ އެ އުސޫލުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ހިނގާ މަހުގެ ކުރީކޮޅުވެސް އެމްއެމްއޭއިން ވަނީ 100 ރުފިޔާގެ އާ ނޫޓުތަކެއް ރާއްޖެ ގެނެސް، ދައުރުކުރަން ފަށާފައެވެ. އެ ފަހަރުވެސް އާ ނޫޓުތައް ގެންނަން ޖެހުނީ ބޭނުންކުރަމުންދިޔަ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެންނެވެ. ރާއްޖޭގެ ފައިސާގެ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމުގެ ގޮތުން، ބާވެ ހަލާކުވާ ނޫޓުތައް ނައްތާލުމާއި، ބޭނުންވާ ވަރަށް އާ ނޫޓު ޗާޕުކޮށްގެން ގެނައުމަކީ އެމްއެމްއޭއިން ކުރަމުން އަންނަ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.