ސްކޭމް މައްސަލައެއްގެ ތަހުގީގަށް ނަދީފް ހާޒިރުވުމަށް ފުލުހުން އަންގައިފި

ސްކޭމް މައްސަލައެއްގެ ތަހުގީގަށް ނަދީފް ހާޒިރުވުމަށް ފުލުހުން އަންގައިފި

Author
އަހުމަދު
12 ފެބްރުއަރީ 2026 12:05
0

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ބޭނުންވާ މީހަކު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން މިއަދު އާންމުކޮށް އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ އެ ސެންޓަރުން ބަލަމުންދާ މައްސަލައެއްގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގި، ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭގޮތް ނުވުމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ހާޒިރުވުމަށް މިހާރު ވަނީ އާންމުކޮށް އަންގާފައެވެ.

މިގޮތުން، މި ހިނގާ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ ނަދީފަށް އަންގާފައެވެ. ރާއްޖޭގައި މިފަދަ ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ ކުށްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.