ރިޔާސީ ބަޔާން 2026: ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް އޭއައި އާއެކު 24 ގަޑިއިރުގެ ބިއުރޯއެއް އުފައްދަވަނީ

ރިޔާސީ ބަޔާން 2026: ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް އޭއައި އާއެކު 24 ގަޑިއިރުގެ ބިއުރޯއެއް އުފައްދަވަނީ

Author
އަހުމަދު
07 ފެބްރުއަރީ 2026 12:10
0

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ނަމުގައި 24 ގަޑިއިރު ޚިދުމަތްދޭ އިދާރާއެއް އުފައްދަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި މި ބިއުރޯގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. މި ނިޒާމުގެ ދަށުން ސިޓީ، އީމެއިލް، ފޯނު އަދި ސޯޝަލް މީޑިއާ އާއި ޖެމްސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލައިގަނެވޭނެއެވެ. އަދި ޝަކުވާތައް މެނޭޖުކުރުމަށާއި އަވަސް ޖަވާބު ދިނުމަށްޓަކައި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިއުރޯގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން "މޯލްޑިވްސް 2.0″ ގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ޑިޖިޓަލް އައިޑީ ތައާރަފުކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން ސޮވަރިން ކްލައުޑް ގާއިމުކޮށް، ރާއްޖެއަކީ ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.