މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާ (ސީއެޗްއީސީ) މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނީ، އަންނަ އަހަރުގެ ނޮވެމްބަރު 11 ން ފެށިގެން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމުގެ ރައީސްގެ ބަޔާނާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސީއެޗްއީސީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިނިން އާއި ސާވޭގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެ އެވެ. އެ މަސައްކަތްތައް ފަސް މަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެފަރާތުން އެއްބަސްވާ އަގެއްގެ މަތިން މަޝްރޫއުގެ އަމަލީ މަސައްކަތް ސީއެޗްއީސީން ކުރިއަށް ގެންދާނެ އެވެ.
ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރާ އެކު މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގު ހެޔޮކުރެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ