ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނު އިއްވަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބިގެންދާނެ މަޝްރޫއެވެ.
މިހާރު ވެސް މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ތިން ސަރަހައްދެއްގެ މަސައްކަތް ކުރިއަށްދާއިރު، "ސައިޓް-ޖޭ" ގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފަ އެވެ.
މީގެ އިތުރުން "ސައިޓް-އެލް" ގެ 25.53 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، "ސައިޓް-ސީ" ގެ 20.09 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއީ ބޯހިޔާވަހިކަމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ މަޝްރޫއެވެ.
ކޮމެންޓު ފޮނުވާ