މި ދައުރުގައި 21،000 ވަޒީފާ އުފައްދައިފިން: ރައީސް

މި ދައުރުގައި 21،000 ވަޒީފާ އުފައްދައިފިން: ރައީސް

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 11:08
0

މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން މިހާތަނަށް 21،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ކޭޝިއަރުންގެ ވަޒީފާއަކީ ހަމައެކަނި ދިވެހިންނަށް ޚާއްސަ ވަޒީފާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނު އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ސިންދަފާތު ކުރުމަށާއި، ތައުލީމީ ގާބިލު ޒުވާނުންނާއި އެކި އުމުރުފުރައިގެ ދިވެހިން ވަޒީފާގެ މައިދާނަށް ނެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާތަނަށް ޖުމްލަ 21،174 ވަޒީފާ ވަނީ އުފައްދާފަ އެވެ.

އަލަށް އުފެއްދި ވަޒީފާތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރެއިން 7،724 ވަޒީފާއަކީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން އުފައްދާފައިވާ ވަޒީފާތައް ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މުހިންމު ނިންމެވުމެއް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. އެގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަސް ފަހުން، ރާއްޖޭގައި ކޭޝިއަރުންގެ ވަޒީފާގައި ތިބެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.